އަންނަ ސެޕްޓެމްބަރު މަހު ބަނގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ސްރީލަންކާއިން އެކުވެރިކަމުގެ ތިން މެޗު ކުޅެން މަސައްކަތް ފަށައިފި އެވެ.
ލަންކާ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެ ގައުމުން މަސައްކަތް ކުރަނީ އާސިއާންގެ ސަރަހއްދުގެ ތިން ގައުމަކާއެކު މެޗުތަކެއް ކުޅުމަށް ކަމަށެވެ.
"އަހަރުމެން އަމާޒަކީ މަދުވެގެން ތިން މެޗު ކުޅުނު. އެއީ އާސިއާން ސަރަހއްދުގެ ތިން ގައުމަށް ވުމަކީ މުހިންމު ކަމެއް. މުބާރާތް ކުޅެން ޖެހެނީ ސާކް ސަރަހއްދުގައި ކަމުން މި ސަރަހައްދުގެ ޓީމުތަކަށްވުރެ މޮޅު ޓީމުތަކަކާއެކު ކުޅުން ވަރަށް މުހިންމު،" ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުންޏެވެ.
އޭނާ ބުނީ ލަންކާއިން މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވާނެ އެވެ. މި ގޮތުން މުބާރާތުގެ ދޮޅު މަހެއްހާ ދުވަސް ކުރިން ޓީމު އެކުލަވާލައި ޕްރެކްޓިސް ފަށަން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އަހަރުމެންގެ އަމާޒަކީ މުބާރާތް ކާމިޔާބު ކުރުން. މި ސަރަހައްދުގެ ޓީމުތައް ވަރަށް ވަރުގަދަ. އިންޑިޔާ، ބަނގްލަދޭޝް، ދިވެހިރާއްޖެ، އަދި ނޭޕަލީ ވެސް ވަރަށް ގަދަ ބައެއް. މި ޓީމުތަކާ ވާދަ ކުރެވޭނީ ދުރާލައި ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.
ލަންކާ އަށް މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރެވުނީ ސާފް ޗެމްޕިއަންޝިޕުގެ ނަމަށް ބަދަލު ކުރުމުގެ ކުރިން 1995 ވަނަ އަހަރު އެވެ.
ސާފް ޗެމްޕިއަންޝިޕަށް ލަންކާއިން އެކުވެރިކަމުގެ ތިން މެޗު ކުޅެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ