ފ. ފީއަލީ ބަނދަރުމަތީގައި ހުންނަ ޕެޓްރޯލްޝެޑާއި އަޅާފައި އޮތް ބައެއް ދޯނިތަކުގައި ރޯވެ އަނދަމުން އެބަދެ އެވެ.
ވީ ކިހިނެއް؟ - ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވި ގޮތުގައި، ފުރަތަމަ ރޯވީ، ޝެޑަށް ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ދޯންޏެއްގަ އެވެ. އެކަމަކު ރޯވާން ދިމާވި ގޮތް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "އެ ދޯނީގައި ރޯވިތާ އިރުކޮޅެއް ނުވެ، ކައިރީގައި ހުރި ދޯނިތަކުގައި ރޯވެއްޖެ. މިހާރު ބަނދަރު މަތީގައި އޮތް ހަތަރު ދޯނީގައި ހުޅުހިފައި ދަނީ އަނދަމުން،" މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސަލާމަތް ކުރެވެން އޮތް އެއްޗެއް ސަލާމަތް ކުރެވޭތޯ ބެލިން."
އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހުރި ފެން ޕްލާންޓްގައި ވެސް މިހާރު ވަނީ ހުޅުހިފާފަ އެވެ.
ފީއަލީގައި އަލިފާން ނިއްވޭ ނިޒާމެއް ނެތުމުން، އެ އަތޮޅު ނިލަންދުއިން ސިފައިން މިހާރު ދަނީ ދަތުރުކުރަމުންނެވެ.
ފީއަލީ ޕެޓްރޯލް ޝެޑާއި ބަނދަރުގައި އޮތް ދޯނިތަކުގައި ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ