އައްޑޫގައި ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ހަވީރު ހައެއް ޖަހަންދެން!

ކޮވިޑް19 ރާއްޖޭގައި ފެތުރެމުންދާތީ އައްޑޫސިޓީގައި އާއްމު ހިދުމަތް ދޭ ތަންތަނުން ހިދުމަތްދޭނެ ގަޑިތައް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ކަނޑައަޅައިފިއެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބެސްފިހާރަތައް ފިޔަވައި އާއްމު ހިދުމަތްދޭ ތަންތަން، (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން) މިއަދު ހަވީރު ހައެއްގެ ފަހުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހެއްގެ، ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ކަމަށެވެ.
އަދި ހިދުމަތްދިނުމުގައި ގާޑިޔާތަކުގެ ހިދުމަތްދެވޭނީ ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހު ކަމަށް ކައުންސިލް އިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ގާޑިޔާތަކުގައި ތައްޔާރުކޮށްގެން ވިއްކާ ހެދިކާ، މަސްކާށި ކޮފީފަދަ ތަކެތި ވިއްކުން މަނާ، ގޮނޑި ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ހިދުމަތް ނުދެވޭނެ، ކެފޭ ރެސްޓޯރަންޓް އަދި ގާޑިޔާތަކުގައި ދުފާތަކެތި ވިއްކަންވާނީ ވަކިން ޕެކްކޮށްގެން، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާނަމަ އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު ހަޔަކުން ރޭގަނޑު ދިހަޔަކަށް ޑެލިވަރީކޮށްދެވިދާނެ ކަން ހިމަނައިފާވެއެވެ.
މިއެންގުމާ ހިލާފުވާ ފަރާތްތަކާއިމެދު ގާނޫނުގައި ވާގަޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ