ހުރިހާ ރައްޔިތުން ވެސް ނާއިންސާފާ ދެކޮޅަށް ތެދުވާން ޖެހޭ: ނަޝީދު

ހުރިހާ ރައްޔިތުން ވެސް ނާއިންސާފާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އިންސާނީ ހައްގުތަކާބެހޭ ދުވަހެއްގެ ތަހުނިޔާ ފޮނުވާ ކަމަށާއި އަދި ހުރިހާ ރައްޔިތުން ވެސް ނާއިންސާފާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމަށާއި އެކަކު އަނެކަކުގެ ކިބައިން ހިތްވަރުލިބިގަންނަން ޖެހޭކަމަށެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މި ފަހަރުގެ ޝިއާރަކީ އިންސާނީ ހައްގުތަށް 365 އެވެ. ޝިއާރު ދޭހަކޮށް ދެނީ ކޮންމެ މީހަކަށް ވެސް އަހަރުގެ ކޮންމެ ދުވަހަކުވެސް އިންސާނީ ހައްގުތަށް ލިބިގެން ވާކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ