ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ހޯދަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫން އަދި އެހެން ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވިއިރު، ކުރިމަތިލެއްވީ ފާރިސްގެ އިތުރުން މ. މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލާއި މޫސާ ނަސީރު އަހުމަދު އަދި މުހައްމަދު ހާނިމެވެ. މީގެ ތެރެއިން ހާނިމަކީ އެންވަޔަރުމެންޓް މިނިސްޓަރުގެ ނައިބެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "ހަވީރަ"ށް ވިދާޅުވީ ދިއްގަރު ދާއިރާ އަށް އެ ޕާޓީގެ ޓިކެޓް ދޭނީ، ޝަރުތު ހަމަވާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. ޕީޕީއެމުން ބައި އިލެކްޝަނުގައި ވާދަކުރާނެ ކެންްޑިޑޭޓަކު ހޮވުމުގައި
ބަލާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި ޕާޓީގެ ފިކުރު
ހިފެހެއްޓި މިންވަރާއި ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް
ކެމްޕެއިން ކޮށްދީފައިވާ މިންވަރަށެވެ. އަދި ޕާޓީ އަށް ހިދުމަތް
ކޮށްދީފައިވާ މިންވަރަށް ވެސް ބަލާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.އެގޮތުން ޝަރުތު ހަމަވާ ބޭފުޅުން 75 ޕަސެންޓް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ހޯއްދަވަން ޖެހެ އެވެ. އަދި އެ
މިންވަރަށް މާކްސް ލިބުނީ އެންމެ މީހަކަށް ނަމަ، އެ މީހަކަށް ޓިކެޓް ދޭނެ
ކަމަށް ޕީޕީއެމުން ބުންޏެވެ. އަދި 75 ޕަސެންޓަށް ވުރެ މަތިން އެކަކަށް ވުރެ
ގިނަ މީހުންނަށް މާކްސް ލިބިއްޖެ ނަމަ، ކެންޑިޑޭޓް ކަނޑައަޅާނީ
ޕްރައިމަރީއަކުންނެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން ހަ ވަނަ ދުވަހެވެ.އެ
ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި
ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން
މިދިޔަ ހޯމަދުވަހު ހުކުމް ކުރުުންނެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓް ހޯދުމަށް ފާރިސް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ