ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވާފައި ވަނިކޮށް އެ މައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅިކަން އެނގުނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގައި ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކުގެ މައްސަލަ ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޖޭއެސްސީގެ ވަކީލް އެ ގޮތަށް ވިދާޅުވުމުންނެވެ.
ޖޭއެސްސީގެ ވަކީލު އަބްދުލްފައްތާހު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން މިއަދު ހެނދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުން ބަލައިގަނެފައިވާކަމަށް ވަނީ އެނގިފަ އެވެ.
ޖޭއެސްސީން އެ ގޮތަށް ބުނެފައިވާ އިރު ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓަށް ހުޅުމާލޭ ކޯޓުގެ މައްސަލަ އަލުން ހުށަހަޅާފައި ވާއިރު މިދިޔަ އަހަރު ސިޓީއަކުން ވެސް އެ މައްސަލަ ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ، މައްސަލަ ހުށަހަޅާ ފޯމަކުން ހުށަހަޅަން އަންގައިފަ އެވެ.
ހުޅުމާލޭ ކޯޓުގެ މައްސަލަ ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ