ސަރުކާރުގެ ދިފާއުގައި ރައްޔިތުން މަސައްކަތް ކުރަނީ މިސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގާ ތަަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބަލައިގަންނާތީ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ، ރ. އިނގުރައިދޫ ދާއިރާގެ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ، ގައުމެއްގެ ސުލްހަ މަސްލަސްކަން ގާއިމް ކުރުމާއި، އެގައުމެއްގަ ދިރިއުޅެމުންދާއިރު މުޖުތަމައެއްގެ ހަމަޖެހުން ބިނާ ކުރުމަށްޓަކައި މުހިންމު އެއް އަަސާސަކީ މުޖުތަމަޢުގެ ތެރޭގައި ލޮތްބާއި، ކުލުނާއެކު އެކަކު އަނެކަކަށް އަޅާލައިގެން އުޅެން ދަސްކުރުން ކަމަށެވެ.
"މީގެ ފުރިހަމަ ރިވެތި މިސާލުތައް އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުން އެ ގެންދަވަނީ ދައްކަވަމުން. ކުލަޔަކަށް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތި، ރާއްޖޭގައި ތިއްބެވި، އެކި ގިންތީގެ ބޭފުޅުންނަށް އެކަމާނެގ ފަރާތުން މިއަދު ވަރަށް ބޮޑެތި ދީލަތި އެހީފުޅުތަކެއް ލިބެމުންދާކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ މިގައުމުގައި ތިބި ހިތަށް ތަސައްލީއެއް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް". ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މެޑަމް ފާތުންގެ މަސައްކަތްފުޅުގެ ސަބަބުން، މި ސަރުކާރުގެ އޯގާތެރިކަމާއި، ރައްޔިތުންނާއި، އެކުގައި ސަރުކާރު މަސައްކަތް ކުރަމުންދާ މިންވަރު ހާމަވާކަމަށެވެ.
ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫެރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ.
ސަރުކާރުގެ ދިފާއުގައި ރައްޔިތުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތައް ބަލައިގަންނާތީ - ޑިފެންސް މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ