މުޒާހަރާ ރޫޅާލައި މެމްބަރު މަހުލޫފް ހައްޔަރުކޮށްފި

ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ކަމަށް ބުނެ އެމްޑީޕީ އިސްވެ، އަދާލަތު ޕާޓީއާ ގުޅިގެން ކުރާ މުޒާހަރާ އަށް މީހުން ޖަމާވަން ފަށައިފި އެވެ. ކުރިއަށް އޮތް ތިން ދުވަހަށް ދިގު ދެމިގެން ދާނެ ކަމަށް ބުނާ މުޒާހަރާ ފަށަނީ އާޓިފިޝަލް ބީޗް ކައިރީ ހުންނަ، އެމްޑީޕީގެ ހަރުގެ ކުރިމަތިންނެވެ. މިރޭ މުޒާހަރާ ކުރިއަށް ގެންދާނީ، މަޖީދީ މަގުގައި އިށީނދެ ތިބެގެން ސުލްހަވެރިކަމާ އެކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ވަނީ ބުނެފަ އެވެ. މުޒާހަރާގެ ޑިމާންޑްތައް:ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ
ޑިފެންސް
މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
މިނިވަންކުރުންސިޔާސީ ދައުވާތައް ކުރުން ހުއްޓާލުން ވަޒީފާގެ
ބިރުދެއްކުން ހުއްޓާލުންވިޔަފާރިވެރިންނަށް
ކުރިމަތިކުރުވަމުން ދާ އުނދަގޫތައް ހުއްޓާލުންއެމްޑީޕީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުން ފަސް ހާހެއްހާ މީހުން މި މުޒާހަރާގައި ބައިވެރިވާން މާލެ އައިސްފައިވެ އެވެ. ފުލުުހުން ބުނެފައި ވަނީ މިރޭ 12:00 ގެ ފަހުން މުޒާހަރާ ނުކުރުމަށް އެދިފައި ވާނެ ކަމަށެވެ. ސަރުކާރާ ދެކޮޅަށް މޭ 1 ގައި ކުރި މުޒާހަރާގައި ޖުމްހޫރީ ޕާޓީން ބައިވެރިވި ނަމަވެސް އެ ޕާޓީން ބުނެފައިވާ ގޮތުގައި މިރޭގެ މުޒާހަރާގައި އެ ޕާޓީގެ ދައުރެއް ނޯންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ