ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު، ފައިސަމް ނަސީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފައިސާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ، މާދަމާ ހެނދުނު 10 ޖަހާއިރަށެވެ. ފައިސަލް ހާޒިރުކުރަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
ފުލުސް އޮފީހަށް ފައިސަލް ހާޒިރުކުރާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން، އަންނަނީ ފުލުސް އޮފީހަށް އެކި ދުވަސްމަތިން ހާޒިރުކުރަމުންނެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް، އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހު، އެންމެފަހުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވެސް، ފުލުސް އޮފީހަށް އެކި ފަހަރުމަތިން ހާޒިރުކޮށްފައިވާއިރު، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އާއި، ޖުމްހޫރީ ޕާޓީގެ ރެޖިސްޓްރާ އަހުމަދު ސައުދު ވެސް، ދާދިފަހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
މެމްބަރު ފައިސަލް ފުލުސް އޮފީހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ