ޓީވީ އެކްޓަރު ނަމީޝް ތަނޭޖާއަށް ކަރަންޓު ޝޮކެއް ޖެހިއްޖެ އެވެ.
Advertisement
ޓީވީ އެކްޓަރު ނަމީޝް ތަނޭޖާއަށް ކަރަންޓު ޝޮކެއް ޖެހިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ނަމީޝްއަށް ކަރަންޓް ޝޮކެއް ޖެހިފައިވަނީ އޭނާ މަސައްކަތް ކުރާ ސީރީޒްގެ ޝޫޓިންގައި ހޮސްޕިޓަލު ތެރޭގައި ކަރަންޓް ޝޮކެއް ޖެހިގެން އުޅޭ ސީންއެއް ކުޅެނިކޮށެވެ.
ނަމަވެސް އެ ސީން ކުޅުމުގެ ތެރޭގައި އޭނާއަށް ހަގީގީ ކަރަންޓް ޝޮކެއް ލިބިގެން ދިޔައިރު އޭނާ ވަނީ ފަރުވާއަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ނަމީޝް އަށް ކަރަންޓް ޝޮކެއް ޖެހި އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އޭނާގެ ސިއްހީ ހާލަތު އިންޑިއާޣެ ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އުމުރުން 25 އަހަރުގެ ނަމީޝް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.
އޭނާ ވަނީ "މޭ މައިކޭ ޗަލީ ޖާއޫންގީ ތުމް ދޭކްތޭ ރަހިޔޯ" އާއި "އިކްޔާވަން" އަދި "ސަވަރްގިނީ" ފަދަ ސީރީޒްތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ މިހާރު އަންނަނީ "ވިދަޔާ" ނަމަކަށް ކިޔާ ސީރީޒެއްގައި ލީޑު ކެރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ޝޫޓިންގެ ތެރެއިން ނަމީޝް އަށް ކަރަންޓް ޝޮކެއް ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ