ރައްޔިތުން ލޯބިވާފަދަ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހދ. ނޭކުރެންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަކީ ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނާ ވީހާވެސް ގާތުުން އޯގާތެރިކަމާއެކު ޚިދުމަތް ދިނުމަށާއި، ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރުމަށް އެދޭކަމަށް އިމްރާން ވިދާޅުވިއެވެ.
މިގޮތުން ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންނާ ރީތި ބަހުން ވާހަކަދެއްކުމަށް މިނިސްޓަރު ވަނީ އެދިލައްވާފައެވެ. އަދު ފުލުހުންގެ މަސައްކަތާމެދު އުފާކުރައްވާކަމަށާއި، ފުލުހުންގެ މަސައްކަތްކަތް ބަލައިގަންނަ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ލޯބިވާފަދަ ބަޔަކަށް ފުލުހުން ވާންޖެހޭ - އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ