ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަހީދު މުހައްމަދު އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިިފިއެވެ.އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޝަހީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި އެކަން މަޖިލީހުގެ ރައީސް އަށް ހުށަހެޅުމަށް ނިންމާފައެވެ. މިގޮތަށް ކޮމިޓީން ނިންމާފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގައ މަޤާމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ބެލިބެލުމުން އެގިފައިވާތީ ކަމަށް ބުނެއެވެ.މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވެސް ވަނީ ޝަހީދު ވަކިކުރުމަށް ތާއީދު ކުރައްވައި ޚިޔާލު ފާޅުކުރައްވާފައެވެ. ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.ޝަހީދު މުހައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާިއ ބެހޭ ކޮމިޓީން ކުރަމުން އަންނައިރު ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ.
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ޝަހީދު ވަކިކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ