އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ސްކޫލް ތަކުން ބޮޑު ކުރިއެރުމެއް

މައިލޯ އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިފަހަރު ސްކޫލްތަކުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފިއެވެ. 
މިހާރު ކުރިއަށްދާ މިމުބާރާތުގެ ގިނަ އިވެންޓްތަކެއް ނިމިފައިވާއިރު މުބާރާތުގެ އާ ރެކޯޑްތަކެއްވެސް މިހާރު ހަދާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. 
މިމުބާރާތުގެ 13 އަހަރުން ދަށުގެ 100 މީޓަރ ދުވުމުން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލްގެ އައިޝަތު ޝަބާ ސަލީމްއެވެ. ޝަބާ ރޭސް ނިންމާފައިވަނީ 14 ޕޮއިންޓް 28 ސިކުންތުންނެވެ.
img:http://s4.psmnews.mv/images/660x400/14730013582536.jpg|މިހާރު ކުރިއަށްދާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
15 އަހަރުން ދަށުގެ 100 މީޓަރ ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ ހިތަދޫ ސްކޫލްގެ އައިޝަތު ހިމްނާ ހަސަންއެވެ. އޭނާ ރޭސް ނިންމީ 13ޕޮއިންޓް 88 ސިކުންތުންވެ. މިބައިގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ކަލާފާން ސްކޫލްގެ މުހައްމަދު މުނާޒް އަލީއެވެ. އޭނާ ސަތޭކަ މީޓަރ ދުވުން ނިންމީ 11 ޕޮއިންޓް 88 ސިކުންތުންނެވެ.
17 އަހަރުން ދަށުގެ 100 މީޓަރ ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދީ ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިބްރާހިމް ޝަހީރު މޫސާ. އޭނާ ރޭސް ނިންމީ 11 ޕޮއިންޓް 85 ސިކުންތުންނެވެ. އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ 13 ޕޮއިންޓް 23 ސިކުންތުން ރޭސް ނިންމައިގެން ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރެވެ.
img:http://s4.psmnews.mv/images/660x400/14730013728809.jpg|މިހާރު ކުރިއަށްދާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
 15 އަހަރުން ދަށުގެ 800 މީޓަރ ދުވުމުން އެއްވަނަ ހޯދީ ގދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ހާޒިމް ހަސަން ޝަރީފްއެވެ. އޭނާ ރޭސް ނިންމީ 2 މިނެޓް 17 ޕޮއިންޓް 71 ސިކުންތުންނެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ އިމްތިނާން ފާރޫގެވެ. އޭނާ ރޭސް ނިންމީ 2 މިނެޓް 47 ޕޮއިންޓް 32 ސިކުންތުންވެ.
img:http://s3.psmnews.mv/images/660x400/14730014407254.jpg|
800 މީޓަރ ދުވުމުގެ 17 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ ގދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދެކުދިންނެވެ. ފިރިހެން ކުދިންގެ ބައިން ސައިފު ﷲ އަހުމަދު އެއްވަނަ ހޯދީ 2 މިނެޓް 11 ޕޮއިންޓް 14 ސިކުންތުން ރޭސް ނިންމައިގެންނެވެ.  މިބައިގެ އަންހެން ޗެމްޕިއަންކަން އެ ސްކޫލްގެ އިސްރާ އިބްރާހިމް ހޯދީ 2 މިނެޓް 56 ޕޮއިންޓް 52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިމުބާރާތުގެ ފަހު އިވެންޓްތައް މާދަމާ ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ