ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައަކުން: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހެނދުނު ކަރަންޓު ދިޔައީ އިންޖީނަށް ދިމާވި، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބުނެފި އެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު ވެސް ދީފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ވަނީ ކަރަންޓު ގޮސްގެން ދިމާވި ދަތިތަކަށްޓަކައި ހިދުމަތް ހޯދާ މީހުންގެ ފަރާތުން މައާފަށް އެދިފަ އެވެ.
ވީއައިއޭ އިން މިއަދު ހެނދުނު ކަރަންޓު ގޮސްފައިވަނީ، މުޅި އެއާޕޯޓުންނެވެ. އިންޓަނޭޝަނަލް ޓާމިނަލް އާއި ޑޮމެސްޓިކް ޓާމިނަލް އަށް ކަރަންޓު ލިބުނީ ގާތްގަނޑަކަށް 20 މިނެޓު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ