އިޖުތިމާއީ ދާއިރާގެ އެވޯޑާއި ނޫސްވެރިކަމުގެ ރަންގަލަމާއި އަލިމަސް ގަލަން ވީމީޑިއާގެ ނޫސްވެރިންނަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ދޭ ނޫސްވެރިކަމުގެ އެވޯޑުތަކުގެ ޝަރަފްވެރި ތިން އެވޯޑެއް ވީމީޑިއާގެ ތިން ނޫސްވެރިން ހާސިލްކޮށްފިއެވެ،
މިގޮތުން މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑުހަފްލާގައި، މޯލްޑިވްސް މީޑިއާ ކައުންސިލްދޭ 2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުތައް ހާސިލްކުރީ، ވީމީޑިއާގެ ތިން ސީނިއަރ އެޑިޓަރުންނެވެ.
މިގޮތުން ނޫސްވެރިކަމުގެ އެވޯޑުތަކުގެ ތެރެއިން ބްރޯޑްކާސްޓިންގ ކެޓަގަރީގެ އިޖުތިމާއީ ދާއިރާގެ، އެވޯޑު ހާސިލް ކުރީ ވީމީޑިއާގެ ސީނިއަރ އެޑިޓަރު އައިމިނަތު އަމީނާ ނަޢީމެވެ.
މިދިޔައަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑު ލިބިފައިވަނީ، ސަން އޮންލައިންގެ ނަޖާހު މަސްއޫދަށެވެ.
ނޫސްވެރިކަމުގެ އެވޯޑުގައި ހިމަނާފައިވާ ޚާއްސަ އިނާމުގެ ބައިން ވީމީޑިއާގެ ސީނިއަރ އެޑިޓަރ ޖާދުއްﷲ ސައީދަށް ނޫސްވެރިކަމުގެ ރަން ގަލަން، އަދި ވީމީޑިއާގެ ސީނިއަރ އެޑިޓަރު ސައިފް އަޒުހަރަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ވަނީ ދީފައެވެ.
މިއެވޯޑު ހަފްލާގައި ނޫސްވެރިކަމުގެ ރަންގަލަން 12 ބޭފުޅަކަށް، އަދި ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ބޭފުޅަކަށް ވަނީ ދީފައެވެ.
މިރޭ ބޭއްވި އެވޯޑު ހަފްލާގައި، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، 4 ބޭފުޅަކަށް ވަނީ ދެއްވާ ފައެވެ. މިގޮތުން މިއެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިއަދު ނޫހުގެ ބާނީ އަދި ކުރީގެ ހެލްތު މިނިސްޓަރ އަހުމަދު ޢަބުދުﷲ އާއި، މަޑުލު މުހައްމަދު ވަހީދާއި އަދި އިބްރާހިމް އުމަރު މަނިކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ