ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުހައްމަދު ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޝަހީދު ކޮމިޝަނުން ވަކިކުރަން މީގެކުރިން ވެސް ކޮމިޓީގައި ވަނީ ބަހުސް ކޮށްފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކޮމިޓީން ބަހުސްކުރީ، ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަން ފާހަގަކޮށް، ސިވިލްސާވިސް ވަޒީފާއަށް ކުރިމަތިލައިގެން ވަޒީފާ ނުލިބުނު ފަރާތަކުން، ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވަނި ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކީ ގަވާއިދާ ހިލާފަށް އެ މަގާމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އެގޮތުން އޭނާ މަގާމަށް ވަޑައިގެންފައިވަނީ، މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ގުނުމުގައި، ނުހިމެނޭ މުއްދަތުތަކެއް ހިމަނައިގެން އޮޅުވާލުންގަނޑެއްގެ ތެރެއިން، ކަމަށް ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން އޭނާ ކޮމިޝަނުގައި ހުންނަވައިގެން ގަވާއިދުތަކާ ގާނޫނުތަކާ ހިލާފަށް ނުފޫޒު ފޯރުގައި ކުރާ ކަންތައްތަކުގެ ސަބަބުން އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވިގެންދާކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޝަންގެ ނާއިބު ރައީސް ވީ އެންމެ އަވަހަކަށް ވަކިކުރަން، މަޖިލީހުގެ ފުލޯއަށް ފޮނުއްވުމަށްފަހު، ކޮމިޝަންގެ މެންބަރުން ޒިންމާދާރު ކުރުމަށް ދެން ތިބި މެންބަރުން ކޮމިޓީއަށް ހާޒިކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވަކިކުރަންޖެހޭ އިތުރު މެންބަރުން ވަކިކުރުމަށް ކޮމިޓީގައި މީގެ ކުރިން ވަނީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
ސީއެސްސީގެ ނައިބުރައީސް ޝަހީދު، ކޮމިޝަނުން ވަކިކުރަން ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ