އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ސިރާޖު މަޖިލީހުގައި ކީރިތި ކުރައްވައިފި

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރިކަން ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލާގައި މިނިވަން މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު މަޖިލީހުގައި ކީރިތި ކުރައްވައިފި އެވެ.
ޖަލު ބަންދުގައި ހުއްޓައި އޮކްޓޯބަރު 10، 2017 ވަނަ ދުވަހު، އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. ފަސް ކުދިންގެ ބައްޕަ އަބްދުﷲގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.
"Bappa dhuniyegai hurinama minivan vaane dho?"
Mihaaru
ވެރިކަން ބަދަލުވެ ސިޔާސީ ކުށްވެރިން މިނިވަންވުމުން އަބްދުﷲގެ ދަރިފުޅު އޭނާގެ މަންމައާ ކުރި ސުވާލުކޮވިޑް-19އާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތް ބެލުމަށް މަޖިލީހުގެ ކޮމެޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ އަބްދުﷲ ރަޝީދުގެ ވަކީލަކަށް އޭނާ މަސައްކަތް ކުރެއްވި ކަމަށާއި އަބްދުﷲ މަރުވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ އިހުމާލުން ކަމަށެވެ.
"އަބްދުﷲ ރަޝީދު ފުލުހެއްގެ ގައިގައި ޖަހައިގެން ބަންދުގައި އޮންނަން ޖެހުނިއްޔާ އަބްދުﷲ ރަޝީދަށް އަޅާނުލައި ބޭސްފަރުވާ ނުކޮށް އިހުމާލުވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވާން ޖެހުނީމައި ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ފުލުހެއްގެ ގައިގައި ޖެހީމަ އެ ލިބޭ އަނިޔާއަށް ވުރެ މީހަކު ދުނިޔެއިން އަލްވަދާއު ކީމައި އެލިބޭ ގެއްލުން މާ ބޮޑު،" އަސަރާ އެކު ސިރާޖް ވިދާޅުވި އެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އިހުމާލުވުމުން މިހާރު ހަމައެކަނި ލިބޭ އަދަބަކަށް އޮންނަނީ މަގާމުން ވަކިކުރުން ކަމަށާއި ނަމަވެސް އެކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މި ހުރިހާ މުއައްސަސާއެއްގެ މީހުން ވަކިކުރުމުގެ އިތުރުން އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އެމީހަކު ޒިންމާ ވާން ޖެހޭ ވަރަކަށް ޖަލުގެ ހުކުމް އަންނަން ޖެހޭނެ،" ސިރާޖް ވިދާޅުވި އެވެ.
އޭނާއަށް ކީރިތިކުރެއްވުނީ އެހާ ހިސާބުންނެވެ. ދެން ވާހަކަ ކުރިއަށް ނުގެންދެވިގެން އިށީންނެވީ އެވެ.
Abdulla Rasheed ge maruge massalaigai PG in dhauvaa eh nukohdhin
Mihaaru
އެ މައްސަލާގައި ޕީޖީން ދައުވާ ނުކޮށްދިނުންއަބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށް ފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އިހުމާލުވި މޯލްޑިވްސް ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީން ދައުވާ ނުކޮށް އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ