އެއް މަސް ނުވާ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ވިހޭތާ މަސް ދުވަސްވެސް ނުވާ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ތުއްތު ކުއްޖާ ޓެސްޓްކުރީ އެ ކުއްޖާގެ ކިބައިން އަލާމާތްތަކެއް ފެންނަން ފެށުމުން ކަމަށެވެ. އަދި އެކުއްޖާއާ ކޮންޓެކްޓްވި އެހެން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުއްޖާގެ މަންމަގެ ސާމްޕަލް ނެގުމަށްފަހު ޓެސްޓް ކުރަމުންދާ ކަމަށެވެ.
"އެ ކުއްޖާ ޓެސްޓްކުރީ ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް، ފަހުން ޕޮޒިޓިވްވި އިންޑައިރެކްޓް ކޮންޓެކްޓެއް، އެމީހާ ހުރީ މި ކުއްޖާއާއި ކޮންޓެކްޓްވެފައި. އަދި އެ ކުއްޖާގެ ކޮންމެވެސް ވަރެއްގެ އަލާމާތްތަކެއް ފެނުމުން ޓެސްޓް ކުރީ. އަދި އެ ކުއްޖާގެ މަންމަވެސް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑަށް ޕޮޒިޓިވްވީ މި ތުއްތު ކުއްޖަކީ ޕޮޒިޓިވްވި މާބަނޑު މީހާ ވިހެއި ކުއްޖާ ނޫން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި އަންހެން މީހާ ވިހާފައިވާ ކަމަށާ އޭނާ ވިހެއި ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 1078 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ