ގުރައިދޫ ދާއިރާގެ މެމްބަރ ހުސައިން މަނިކު ދޮންމަނިކުވެސް ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީޙުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުވެސް ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންފިއެވެ.
ހުސައިން މަނިކު ދޮންމަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ހުސައިން މަނިކު ދޮންމަނިކު ޖޭޕީއަށް ސޮއިކުރެއްވީ ލީޑަރ ގާސިމް އިބްރާހިމްގެ ހާޟިރުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން މަނިކު ވިދާޅުވީ އަމަނިކުފާނު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މުސްތަގުބަލު އޮތީ ޖުމްހޫރީ ޕާޓީވެސް ހިމެނިގެން އެކުލަވާލާފައިވާ ކޯލިޝަނުގައި ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީއަށްވެސް އުޖާލާ މުސްތަގުބަލެއް އެބަ އޮތް ކަމަށެވެ.
އެހެންމަވެސް ކުރިޔަށް އޮތް ތާނގައި ޕީޕީއެމަށް އެއްވެސްކަހަލަ މުސްތަގުބަލެއް އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ހުސައިން މަނިކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ