މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ހޯރަފުށީ ދާއިރާގެ މެންބަރު ނިންމަވައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ހއ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ނިންމަވައިފިއެވެ.
ދާދިފަހުން އެމްޑީޕީއިން ވަކިވެޑައިގެން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އަހުމަދު ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލައްވަން ނިންމާފައިވާ ވާހަކަށް އެންމެހާ ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.
އަދި އިއްޔެ ބޭއްވި އެމްޑީޕީ ހޯރަފުށީ ދާއިރާގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި އަހްމަދު ސަލީމް، (ހޯރަފުށީ ސައްލެ) އަށް އޭނާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށްވެސް އަހްމަދު ރަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
އަހްމަދު ރަޝީދު މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފައިވާރު އޭނާ ޖުމްހޫރޫ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ދާއިރާގެ ކޯލިޝަން ޓިކެޓް އަހްމަދު ރަޝީދަށް ލިބޭނެ ކަމަށާއި، އެ ޓިކެޓް އަހްމަދު ރަޝީދަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސަރުކާރުން ހުށައަޅާފައިވާ އާމްދަނީ ލިބޭ ބިލްތަކަށް އަހުމަދު ރަޝީދު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާ ސަރުކާރު ކޯލިޝަނުންވެސް ތާއީދުކުރި ނަމަވެސް އޭނާ ވަނީ އެ ބިލްތަކަށް ތާއީދުނުކުރައްވާކަން މިއަދު މަޖިލިސް ބަހުސްގައި ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު އަހްމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނީ ސަރުކާރުގެ ތެރެއިން، ސަރުކާރާއި ގުޅިގެން ކަމަށް އޭނާއަށް ގަބޫލުކުރެވޭތީކަމަށާއި އެގޮތުން މިހާރު މަޖިލީހަށް މުހިންމީ ސަރުކާރުގެ ކޯލިޝަންގެ މެމްބަރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ