"ވާދަވެރި ރަނިންމޭޓަކު" ލިބިވަޑައި ނުގެންނެވުމުން ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ޑރ. މުހައްމަދު ސައުދު ނިންމަވައިފި އެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އެމަނިކުފާނަށް ތާއިދު ކުރައްވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް (އެމްއެންސީ)އާ ޕާޓީއަކާ މަޝްވަރާ ކުރެއްވުމަށްފަހުކަމަށެވެ.
ރަނިންމޭޓު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އެމަނިކުފާނަށް ސޮއި ދެއްވި ބޭފުޅުންނަށް ސައުދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސައުދު ވިދާޅުވީ އައިޑީޕީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެ ޕާޓީގެ މަސްލަހަތު އޮންނަ ގޮތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ތާއިދު ކުރެއްވުމަށް ނިންމަވާނެ ކަމަށެވެ.
އަދި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ކުރެއްވުމަށް ނިންމަވާ އިރު އޭނާ އަށް ތާއިދު ކުރާ ކުރީގެ ވަޒީރުންނާއި އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުޅަދާނަ ވާދަވެރި ރަނިންމޭޓަކު ލިބިވަޑައިނުގެންނެވި ކަމަށް ސައުދު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ރަނިންމޭޓު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވާފައިވަނިކޮށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރިޔާސީ އިންތިޙާބުގައި ވާދަނުކުރެއްވުމަށް ސައުދު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ