ޕާޓީއަށް ސޮއި ކުރުމަކުން އެކަން ނިމުނީ އެއް ނޫން - ގާސިމް

ޕާޓީއަށް ސޮއި ކުރުމަކުން އެކަން އެނިމުނީ ނޫންކަމަށާއި ޕާޓީ ކުރިއެރުވުމަށް ޕާޓީގެ ހުރިހާ މެމްބަރުންގެ އެއްބާރުން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ.
އިއްޔެ ޖޫމްހޫރީ ޕާޓިއަށް ކ. ދިއްފުށީ އަދި ތުލުސްދޫގެ ގިނަ ބަޔަކު ސޮއި ކުރުމަށް އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޕާޓީއަކުން ރަށްރަށުގައި ކެންޕެއިން އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއްކަމަށާއި މިކަމުގައި ހުރިހާ މެމްބަރުންގެވެސް ކޮންޓުރިބިއުޝަން (އެހީތެރިކަން) ކޮންމެވެސް ވަރަށް ބޭނުންވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި މިދިޔަ އާދިއްތަ ދުވަހު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު މިހާރުވެސް ކުޑަ ދައުލަތަކަށްވުރެ ބޮޑު ދައުލަތެއް އެބަހިންގަވާ ކަމަށާއި ލީޑަރުގެ ޤާބިލް ކަމާމެދު އެއްވެސް ސުވާލެއް ނެތްކަމަށެވެ.
އަލްހާން ވިދާޅުވީ އިޤާތިސާދީ ހުނަރުވެރި އަކާނުލައި މިޤައުމުގެ އިޤްތިސާދު ރަގަޅުނުކުރެވޭނެ ކަމަށާއި ޤާސިމް އިބްރާހިމް އަކީ މަގުމަށްޗަށް ނުކުމެ މުޒާހަރާ ކުރާނެ ބޭފުޅެއްނޫންކަމަށެވެ.
މި ރަސްމިއްޔާތުގައި ކ.ދިއްފުށީ 70 މެމްބަރުން ސޮއިކޮށްފައި ފޯމްތަކުގެ އިތުރުން ކ. ތުލުސްދޫއިންވެސް 60 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައިވާ ފޯމްތަށް ޕާޓީގެ ލީޑަރުއާ ހަވާލު ކުރުން އޮތެވެ.
މީގެ އިތުރުން ކ ދިއްފުށީ ޑީއާރުޕީ ގޮފީގެ ރައީސް އަހުމަދު ޒަޢީމް އާއި ނައިބު ރައީސް ފާއިޒް އަބްދުލްޢަޒީޒުވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ