ފުވައްމުލަކު ސްކޫލް ދެކުއްޖަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން އެއްކުއްޖަކު ސީރިއަސް ހާލަތުގައި

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ 2 ކުއްޖަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން އެތަނުން އެއްކުއްޖެގެ ހާލު ސީރިއަސްވެގެން ޏ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން އެބަދެއެވެ.ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ އިމްތިހާނުގެ ފުރަތަމަ ދަންފަޅި ނިންމާލާފައި އިންޓަވަލަށް ދިޔަ ތައުލީމީ މަރުކަޒުގެ ދެ ކުދިންނަށް މިއަދު ހެނދުނު 9:30 ހާއިރު ހަމަލާދީފައިވަނީ އަތޮޅު ކައުންސިލް އިދާރާކުރިމަތިން ފުވައްމުލަކު ޕޯސްޓް އޮފީހުގެ އިރުން އޮތް ގޯޅިތެރެއިން މޫނު ނިވާކޮށްގެންތިބި ގުރޫޕަކުން ކަމަށެވެ.
އޭނާ ބުނީ މޫނު ނިވާކޮށްގެން ތިބި ގުރޫޕުން އެ ދެ ކުދިންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިހަރާފައިވާ ކަމަށާއި މިހަމަލާގައި ޒަޚަމްވި ދެކުދިންވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
“ފުވައްމުލަކު ޕޯސްޓް އޮފީހުގެ އިރުން އޮތް ގޯޅިތެރެއިން އެ ދެ ކުދިންނަށް ހަމަލާދިނީ، ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅި ހަރާލާފައި ހުރީ، މުޅި ޔުނިފޯމުގައި ހުރީ ލޭ ހޭކިފައި، އެ ދެ ކުދިންނާއި އެކު އިތުރު ކުއްޖެއް ވެސް ހުރި، އެހެންނަމަވެސް އޭނަ ދުވެ ފިލީ” ފުވައްމުލަކުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުން ބުނީ ވަޅި ހެރުމުގެ ސަބަބުން ޒަޙަމްވެފައިވަނީ ދޫނޑިގަމު ގާކެންޑިގެ ފަވާޒު މުހައްމަދު (16)، އާއި ހަމަ އެވަށު ރަންފާނޑު ހުސެއިން ޖަމީލަށް (15)، ކަމަށެވެ.
އަދި މިދެކުދިންގެ ތެރެއިން ހާލު ސީރިއަސްވެފައިވަނީ ފަވާޒަށް ކަމަށާއި އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލަދީ ފުންކޮށް ޒަޚަމްކޮށްލާފައިވާއިރު މޫނުމައްޗަށްވެސް ހަމަލަދީފައި ހުރި ކަމަށް ފުލުހުން ބުނެއެވެ.
ޖަމީލަށް ހަމަލަދީފައިވަނީ ކަންފަތް ކައިރިން ކަރަށް އަމާޒުވާ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މިޙަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 4 މީހުންގެ ތެރެއިން 3 މީހަކު މިހާރު ފުލުހުންގެ ހައްޔަރުގައި ތިބި ކަމަށާއި 3 މީހުންގެ ތެރެއިން އެކެއްގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު މައްސަލައާއި ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ހެކިތައް ފެނިފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި ޝާމިލްވާ އަނެއް މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
14:40
ފުވައްމުލަކުން އެމްވީޔޫތު އޮންލައިންއަށް މައުލޫމާތުދިން މީހަކު ބުނީ ހޯދަނޑު އަވަށުގައި ހިންގި މި މާރާމާރީގައި ޒަޙަމްވެފައިވަނީ ހޯދަނޑު އަވަށު މީހެއް ކަމަށް، އެމީހާއަށް ވަޅިން ހަމަލާދިނީ މޫނު ނިވާކޮށްގެން ސައިކަލްތަކެއްގައި އައި ދެ މީހުން ކަމަށް އޭނާ ބުނި، ހަމަލާދިނުމުގެ ސަބަބުން އެމީހާގެ އަތަށް ގެއްލުން ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުވައްމުލަކުން މައުލޫމާތުދިން މީހާ ބުނޭ.
14:27
ފުލުހުން ވެސް ވަނީ ފުވައްމުލަކުގައި އިތުރު މީހަކު ގަޔަށް ވަޅި ހަރާފައިވާ ކަން ކަށަވަރުކޮށްދީފައި، ނަމަވެސް އިތުރު ތަފްސީލެއް ނުދޭ،
14:20
މިއަދު ހެނދުނު ފުވައްމުލަކު ސްކޫލް ދެ ކުދިންނަށް ވަޅިން ހަމަލާދީ ޒަޙަމްކޮށްލާފައި ވަނިކޮށް އިތުރު މީހެއްގެ ގަޔަށް ދާދި ދެންމެ ވަޅި ހަރާ ޒަޙަމްކޮށްލައިފި އެވެ.
13:51
ފަވާޒަށް ފުވައްމުލަކު އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަދޭ، މި ހަމަލާގައި ޒަހަމްވި ޖަމީލަށް ފަރުވާދިނުމަށްފަހު ވޯޑަށް ވަނީ ބަދަލުކޮށްފައި،
12:30
އެމްވީޔޫތު އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުން ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޙަމްވެފައިވަނީ ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ދެކުއްޖަކަމަށްވާ ދޫނޑިގަމު ގާކެންޑިގެ ފަވާޒު މުހައްމަދާއި ހަމަ އެވަށު ރަންފާނޑު ހުސެއިން ޖަމީލަށް, ދެކުދިންގެ ތެރެއިން ހާލު ސީރިއަސް ވެފައިވަނީ އުމުރުން 16 އަހަރުގެ ފަވާޒަށް،
12:25
މިޙަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 4 މީހުންގެ ތެރެއިން 3 މީހަކު ފުލުހުން ހައްޔަރުކޮށްފި. ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މީހުންގެ ތެރެއިން އެކެއްގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު މައްސަލައާއި ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ހެކިތައް ފެނިފައިވާ ކަމަށް،
12:15
ފުލުހުން ބުނީ އަނިޔާވި ދެކުދިންނަކީ 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއް ކަމަށް، މިދެކުދިންގެ ތެރެއިން ސީރިއަސް އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖާއަށް ކަމަށާއި އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލަދީ ފުންކޮށް ޒަޚަމްކޮށްލާފައިވާއިރު މޫނުމައްޗަށްވެސް ހަމަލަދީފައި ހުރި ކަމަށް ފުލުހުން ބުނޭ، އަނެއް ކުއްޖާ އަށް ހަމަލަދީފައިވަނީ ކަންފަތް ކައިރިން ކަރަށް އަމާޒުވާ ގޮތަށް ކަމަށް ވެސް ފުލުހުން ބުނޭ.
11:30
ފުވައްމުލަކުގައި މޫނު ނިވާކޮށްގެންތިބި ބަޔަކު 2 ކުއްޖަކަށް މިއަދު ހެނދުނު ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޙަމްކޮށްލައިފި.
ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ އިމްތިހާނުގެ ފުރަތަމަ ދަންފަޅި ނިންމާލާފައި އިންޓަވަލަށް ދިޔަ ތައުލީމީ މަރުކަޒުގެ ދެ ކުދިންނަށް މިއަދު ހެނދުނު 9:30 ހާއިރު ހަމަލާދީފައިވަނީ އަތޮޅު ކައުންސިލް އިދާރާކުރިމަތިން ފުވައްމުލަކު ޕޯސްޓް އޮފީހުގެ އިރުން އޮތް ގޯޅިތެރެއިން މޫނު ނިވާކޮށްގެންތިބި ގުރޫޕަކުން ކަމަށެވެ.
އޭނާ ބުނީ މޫނު ނިވާކޮށްގެން ތިބި ގުރޫޕުން އެ ދެ ކުދިންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިހަރާފައިވާ ކަމަށާއި މިހަމަލާގައި ޒަޚަމްވި ދެކުދިންވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
"ފުވައްމުލަކު ޕޯސްޓް އޮފީހުގެ އިރުން އޮތް ގޯޅިތެރެއިން އެ ދެ ކުދިންނަށް ހަމަލާދިނީ، ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅި ހަރާލާފައި ހުރީ، މުޅި ޔުނިފޯމުގައި ހުރީ ލޭ ހޭކިފައި، އެ ދެ ކުދިންނާއި އެކު އިތުރު ކުއްޖެއް ވެސް ހުރި، އެހެންނަމަވެސް އޭނަ ދުވެ ފިލީ" ފުވައްމުލަކުން ވާހަކަދެއްކި މީހާ ބުންޏެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކު ދެ ކުދިންނަށް ހަމަލާދީ ޒަޙަމްކޮށްލި މައްސަލަ އެއް ބަލަމުންދާ ކަމަށާއި އެކުދިންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެތަނުން އެއްކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މައްސަލަ އާއި ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ