ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ބިލެތްފަހި ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފިއެވެ.
މި މަޝްރޫއު ހިންގާފައިވަނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއީލް ޝަރީފް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދައިދެވިފައިވާ ކަމަށެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
މިހާރު ބީއެމްއެލްއިން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ