ފުލުހުންނަށް ދަތި ކުރުމުގެ ކުށުގެ ޖޫރިމަނާގެ ގޮތުގައި 3000 ރުފިޔާ މެމްބަރު އާޒިމް ދައްކައިފި
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަން ސާބިތުވެ ދައްކަން ޖެހުނު ޖޫރިމަނާ ފައިސާއަށްވާ 3000 ރުފިޔާ ދައްކައިފި އެވެ. އެފައިސާ މިހާރު ދައްކާފައިވާކަން މެމްބަރު އާޒިމް ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. އަދި ހުކުމް ގާބޫލުނުކުރާ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވީ ނަމަވެސް މިހާރު އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އާޒިމްގެ މައްޗަށް އެ ދައުވާ އުފުލީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ، ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް އާޒިމް އެ ސަރަހައްދުން ގޮސްފައިނުވާ ކަމަށް ބުނެއެވެ. ކޯޓުން އާޒިމްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އާޒިމްގެ ާމައްޗަށްބިތުވާ ކަމަށެވެ. އާޒިމް 3000 ރުފިޔާއިން ިޖޫރިމަނާކޮށްފައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ