އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

ދިރާސީ އައު އަހަރާއި ގުޅުވައިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރިޔައްގެންދާ ބެކްޓު ސްކޫލް ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެކުންފުނިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެންކަމުން، މި ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ވެސް ލިބޭނެ ކަމަށާ، ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
މިގޮތުން، ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބޭނެއެވެ.
މީގެ އިތުރުން، ހޯލްސޭލްގެ ތިންވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް، އަދި ދެވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރ ކުކާރ އެއްވެސް ލިބޭނެ ކަމަށް ބުނެއެވެ. އަދި އެއްވަނަ ނަސީބުވެރިޔާއަށް 327 ލީޓަރުގެ ޗެސްޓް ފްރީޒާ އެއް ލިބޭނެ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރ ކިރު ޕެކެޓް އަދި ބައްލަވައި ގަންނަވާ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ލިމިޓެޑް އެޑިޝްނަން ކަޕް އެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އަދި މި ޕްރޮޑަކްޓުތައް، ސްޓޮކް ހުސްވަންދެން ކަސްޓަމަރުންނަށް ދޫކުރާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ