ކޮމަންޑޫ ދާއިރާގެ ގޮނޑި ތަފާތު ބޮޑުކޮށް ރާޝިދު ކާމިޔާބު ކޮށްފި

ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީއިން ވަނީ ވާދަކޮށްފައެވެ. މިހާތަނަށް ގުނި ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މި އިންތިހާބު ކާމިޔާބުކޮށްފާ ވަނީ ރާޝިދުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވައިފާ ވަނީ މިދިޔަ ޑިސެންބަރު މަހު ކެންސަރު ބަލީގައި އެ ދާއިރާ ތަމްސީލުކުރި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
މުހައްމަދު ރާޝިދު (އެމްޑީޕީ) - 144 ވޯޓް
މޫސާ ފަތުހީ އާދަމް (އެމްޑީޕީ) - 152 ވޯޓް
އަބްދުލްހަންނާން އިދުރީސް (އެމްއެންޕީ) - 37 ވޯޓް
މުހައްމަދު ރާޝީދު (އެމްޑީޕީ) - 161 ވޯޓް
މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 95 ވޯޓް
އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) - 37 ވޯޓް
މުހައްމަދު ރާޝީދު (އެމްޑީޕީ) - 159 ވޯޓް
މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 92 ވޯޓް
އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) - 64 ވޯޓް
މުހައްމަދު ރާޝީދު (އެމްޑީޕީ) - 195 ވޯޓް
މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 202 ވޯޓް
އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) - 13 ވޯޓް
މުހައްމަދު ރާޝީދު (އެމްޑީޕީ) - 234 ވޯޓް
މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 178 ވޯޓް
އަބްދުލްހަންނާނު އިދުރީސް (އެމްއެންޕީ) - 69 ވޯޓް
މި އިންތިހާބަކީ ސަރުކާރާއި އިދިކޮޅުން މީގެ ކުރީގެ އިންތިހާބުތަކާ އަޅާ ބަލާ ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އިންތިހާބެކެވެ. އަދި ބަޖެޓުން ބޭރުން މަޝްރޫއުތަކެއް އެ ދާއިރާގައި ފަށައިފާވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 316.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
އެމްޑީޕީ، ޕީޕީއެމް، އަދި އެމްއެންޕީގެ ކެންޑިޑޭޓެއް ވާދަ ކުރައްވާ މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެ ދާއިރާގައި 3 ރަށް ހިމެނޭއިރު މަރޮށި ފިޔަވާ ކޮންމެ ރަށެއްގައި ވަނީ 2 ފޮށި ބަހައްޓާފައެވެ. އަދި މާލޭ އިސްކަންދަރު ސުކޫލުގައި ވެސް ވަނީ 2 ފޮށި ބަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ