ކުޅުދުއްފުށީ ފިހާރައަކުން ވަގަށް ނެގި ފައިސާ ހޯދާ، މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮއްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީީ މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 03:10 ހާއިރެވެ.
އޭނާ ހައްޔަރު ކުރީ އެދުވަހު މެންދުރު 02:11 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރަކާއެކު އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު އޭނާގެ އަތުން 180 ދިވެހި ރުފިޔާ ފެނިފައި ވެއެވެ. އޭނާ އުޅޭ ގެ ކޯޓު އަމުރަކާއެކު ބެލިއިރު 3760 ރުފިޔާ ފެނުނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައި ވެއެވެ.
އެ މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ