މަޑަވެލި އާއި ހޯޑެއްދޫގެ ކަރަންޓު އެއްވިއުގައަކުން ގުޅާލަނީ

ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައަކުން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.
ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހުގެ 13:30 އަށް ކަމަށެވެ.
ކޮންމެ ބިޑް ޑޮކިއުމަންޓުގެ އަގަކީ ސަތޭކަ ޑޮލަރު ނުވަތަ އެޢަދަދަށްވާ ދިވެހި ފައިސާގެ އަދަދެވެ. މިއީ ނޮން ރިފަންޑަބަލް އަދަދެކެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު 14:00 ގައި ފެނަކައިގެ ހެޑް އޮފީހުގައެވެ.
ފެނަކައިން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި މަދުވެގެން ދިހަ ހާސް ޔޫ.އެސް. ޑޮލަރު ހުށަހަޅަންވާނެ ކަމަށެވެ. ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ 11:00 ގައި ފެނަކަ ހެޑް އޮފީހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ