އަޅުގަނޑުމެން ބަލިވީ ބައިމަދުވެގެނެއް ނޫން، ބައިބައިވެގެން: އުމަރު

ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ އިދިކޮޅު ފަރާތްތަކުގައި ބައިމަދުވެގެން ނޫން ކަމަށާއި ބައިބައިވެގެން ތިބުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ އިންތިހާބުގައި ވޯޓްލީ މީހުންގެ 63 އިންސައްތަ ވޯޓް ދީފައިވަނީ އެމްޑީޕީއާ ދެކޮޅު ކެންޑިޑޭޓުންނަށް ކަމަށެވެ.
އަދި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތްކުރި ދީނާއި ގައުމީ ފިކުރުގެ ހުރިހާ މީހުން ސަފުތައް ރޫޅިގެން ނުދިއުމަށާއި ބަދަހިކަމާއެކު ތިބުމަށް އުމަރު އިލްތިމާސްކުރެއްވިއެވެ. އުމަރު ވިދާޅުވީ ދީނާއި ގައުމީ ފިކުރުގެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުގައި އަލުން ރުކުރުވާލެވޭނެ ކަމަށެވެ.
''މިއީ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ފިކުރު. ދީނީ ގައުމީ ފިކުރު. ''ކޮންޒަވޭޓިވް'' ފިކުރު. ސަރުކާރާއި މަޖިލީހުގައި އޮތީ ލިބަރަލް ފިކުރު.'' އުމަރު ވދާޅުވިއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ