އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައިވާ ސިޔާސަތާ އެއްގޮތަށް 6 ޒޯނަށް ބަހާލައިގެން ޒޯންތައް ވަކިން ކަމަށެވެ.
ޒޯންތައް ބަހާލެވިފައި ވަނީ،
ޒޯން 1 ނޯތް ޒޯން (ހއ، ހދ، ށ)
ޒޯން 2 ނޯތް ސެންޓްރަލް ޒޯން (ނ، ރ، ބ، ޅ)
ޒޯން 3 ގްރޭޓަރ މާލެ ޒޯން (މާލެ، ވިލިމާލެ، ހުޅުމާލެ)
ޒޯން 4 ސެންޓްރަލް ޒޯން (ކ، އއ، އދ، ވ، މ، ފ)
ޒޯން 5 ސައުތް ސެންޓްރަލް ޒޯން (ދ، ތ، ލ)
ޒޯން 6 ސައުތް ޒޯން (ގއ، ގދ، ޏ، ސ)
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ޒޯން 1 ނޯތް ޒޯން އަދި ޒޯން 2 ނޯތް ސެންޓްރަލް ޒޯންގެ ބައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު ނ. ހޮޅުދޫގައި ކަމަށެވެ. ޒޯން 3 ގްރޭޓަރ މާލެ ޒޯން އަދި ޒޯން 4 ސެންޓްރަލް ޒޯންގެ ބައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު މާލޭގައި ކަމަށެވެ.
ޒޯން 5 ސައުތް ސެންޓްރަލް ޒޯން އަދި ޒޯން 6 ސައުތް ޒޯން ބައި ފަށާނެ ތާރިހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުް އިންމައުލޫމާތު ދެއެވެ.
ބެޑް މިންޓަން އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވާން ބޭނުންވާ އެންމެހައި ސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައި ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް އެމިއެސޯސިއޭޝަނަށް ހުށައެޅުމަށެވެ. އަދި ދި މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް ލިޔުމުން ހުށަހެޅުމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ބެޑްމިންޓަން އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޒޯންތައް ވަކިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެއެސޯސިއޭޝަނުން މައުލޫޟާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ