ރައްޔިތުންގެ މަޖިލީހުން ނިންމި މުހިންމު ބިލްތަކަށް ދާއިރާގެ މެންބަރު ވޯޓުދިންގޮތް ފަސޭހައިން ބަލާލެވޭނެ ޕްލެޓްފޯމެއް ޤާއިމްކޮށްފި އެވެ.
"މަގޭ އެމްޕީ" ގެ ނަމުގައި ހަދާފައިވާ މި ވެބްސައިޓު ޤާއިމްކޮށްފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވުސްގެ ފަރާތުންނެވެ. މި ސައިޓު ގައި ވަނީ ނިމިދިއަ 17 ވަނަ މަޖިލީހާއި ހިނގަމުންދާ 18 ވަނަ މަޖިލީހުގައި އެކި ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން އެކިއެކި ބިލްތަކާއި މައްސަލަތަކުގައި ވޯޓުދިން ގޮތުގެ ތަފްސީލެވެ.
ވީނިއުސް އަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ، "މަގޭ އެމްޕީ" ގެ ނަމުގައި ހެދި ސައިޓުގެ ބޭނުމަކީ ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތްކުރައްވާގޮތް ރައްޔިތުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި މެންބަރުން ޖަވާބުދާރީކުރުވައި، އެ މެންބަރުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރައްޔިތުންނަށް ރިޕޯޓްކުރުމަކީވެސް ވެބްސައިޓުގެ މުހިންމު އެއް ބޭނުން ކަމަށެވެ.
އައިމަން ވިދާޅުވީ އެ ސައިޓުން އަދި ފެނިގެންދާނީ މެންބަރުން ބިލްތަކަށް ވޯޓުދީފައިވާގޮތް ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މެންބަރުންގެ ހުރިހާ ހަރަކާތްތައް އެ ވެބްސައިޓު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.
"މަގޭ އެމްޕީ" ވެބްސައިޓްގައި މިހާރު ފެންނަން ހުރީ، 17 އަދި 18 ވަނަ މަޖިލީހުގެ ވަކިވަކި ދާއިރާތަކުގެ މެންބަރުން ބިލްތަކަށް ވޯތުދެއްވި ގޮތެވެ. އަދި ވޯޓުގަޑީގައި ހާޒިރުނުވާ މެންބަރުންގެ މައުލޫމާތުވެސް މި ސައިޓުން ފެނިގެންދެ އެވެ.
https://www.mageymp.org
ދާއިރާގެ މެންބަރު ވޯޓުދެއްވިގޮތް ބެލުމަށް މެންބަރު ނަން ޚިޔާރުކުރެއްވުމަށްފަހު ސާޗް ކޮށްލުމުން އެ މެންބަރެއްގެ މަސައްކަތްތައް މި ސައިޓުން ފެނިގެންދެ އެވެ.
ދާއިރާގެ މެންބަރު ވޯޓުދިންގޮތް "މަގޭއެމްޕީ" އިން ބަލާލަބަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ