މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓު ކެންޑިއްޖެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހަކު މައުލޫމާތު ދިން ގޮތުގައި ކަރަންޓް ކެނޑުނީ މިރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު ކަމަށެވެ. ކަަރަންޓް ކެނޑުމާ ގުޅިގެން ހުޅުމާލޭގެ ހައިވޭގައި ހުރި ލައިޓްތައްވެސް ހުރީ ނިވިފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނު ސަބަބު ބަލައި ހައްލު ހޯދުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ކަރަންޓު ކެނޑެއް ދިމާވީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެ އެވެ.
ކަރަންޓް ކެނޑުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ވަރަށް ބޮޑަށް މީސް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ