ވެރިކަމަށް 100 ދުވަސް – ރައްޔިތުން ހެވިފައި

ލިޔުނ: އާމިނަތު ޒީނާ/
ދިވެހިންނަކީ، ފެށުނީއްސުރެންވެސް ހަމަ ޖެހުމާއި ،މިނިވަންކަމާއި އޯގާތެރިކަމަށް ލޯބި ކުރަމުން އައި ބައެކެވެ.އަދި ސާދާ ދިރިއުޅުމެއް އުޅުމަށް ލޯބިކުރާ ބައެއްވެސް މެއެވެ.
އަނިޔާވެރިކަމާއި،ކޮރަޕްޝަނާއި އަޅުވެތި ކަމުގެ އަޑު އެންމެ ގަދަޔަށް ފެތުރިގެންދިޔައީ، ފާއިތުވިފަސް އަހަރުތެރޭގައި ކަމީ ގިނަ ދިވެހި ރައްޔިތުން ދެބަސްވާނެ ކަމެއްނޫނެވެ.އެހެންކަމުން 2018 ވަނަ އަހަރު ރައްޔިތުންނަށް ގޮތް ނިއްމުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފާ، މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ވޯޓް ދެއްވާ ވެރިކަން ބަދަލުކޮށްލީ ،މިފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ އަދި ތަރުޙީބުދޭ ކަންތައްތަކެއް ނޫންކަން ހާމަ ކޮށް ދިނުމުގެ ގޮތުންނެވެ.
ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ކުރެއްވި ދަތުރު ފުޅުތަކުގައި ރައްޔިތުން އެއްމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ޚައިރާކީން ތަރުތީބުކޮށް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ނިއްމުމަށް، އަމާޒުހިފި ކަންތައްތަކުގެ %83 ފުރިހަމަކޮށް ދެއްކުމަށްފަހު، ރައީސް ޞޯލިހް ވަނީ ރައްޔިތުންގެ އިތުބާރު ކަށަވަރު ކޮށްފައެވެ.
ހއ. ތުރާކުނުން ފެށިގެން ސ. އާއި ހަމަޔަށް ދިރި އުޅެމުންދާ ރައްޔިތު މީހާއަށް ސީދާ ހެޔޮބަދަލުގެނެވޭނެ ކަންތައްތައް މީގެ ތެރޭގައި ހިމެނެއެވެ. ތަޢުލީމާއި،ދަނޑުވެރިކަމާއި،މަސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ބެލިކަމުގައި ވީނަމަވެސް، މިވަނީ ރަނގަޅު ބަދަލު ތަކެއް ގެންނަން ފެށިފައެވެ. ރާއްޖޭގައި ތިބެގެން ދަރިވަރުންނަށް މަތީ ތަޢުލީމް ހޯދައިދީ،އަދި ރާއްޖެއިން ބޭރުން ކިޔަވަންދާން ބޭނުން ކުދިންނަށް ލުއި ގޮތުގައި ލޯނު ލިބޭނެގޮތް މިހާރު އޮތީ ހަމަޖެހިފައެވެ.ކަރަންޓްގެ އަގު އެއް އަގެއްގައި ލިބި ދިނުމާއި،ކާރޑްގެ ބާވަތްތައް އަގު ހެޔޮކުރުމާއި ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމާއި ، މެޓާރނިޓީ ލީވް 06 މަހަށް އިތުރުކުރުން،ދަރިވަރުންނަށް ދަތުރު ފަތުރު ހިލޭ ކުރުމާއި އެތެރޭގެ އުދުހުންތަކުގެ ތަކުގެ އަގު ކުޑަކުރުން ފަދަ އެތައް ކަމަކުން އިޙްސާސް ކުރެވެނީ ހާ އުފާވެރިކަމެވެ.
ބޯހިޔާވަހިކަމުގެ ދަތި ކަމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ކަންއޮތްގޮތް ކަމަށްވާތީ،ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ދެއްވައެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތައް ހިމެނޭ ގޮތަށް، ކޮށްދެއްވުމަށް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުން ރައްޔިތުން އެދިލައްވާފައިވާ ގިނަ ކަންތައްތަކަކީ،ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްކުރާ ޤާނޫން ތަކަކުން ބާރު ލިބިގެން ނޫނިއްޔާމު ނުކުރެވޭނެ ކަންތައްތަކެއް ކަމަށްވާތީ، ތަކުރާރުކޮށް ރައީސް ޞޯލިޙް ދަނީ ،ތަފާތު ޕޯޑިއަމްތަކުގައި، އެމަނިކުފާނަށް އިތުބާރު ކުރައްވާ، އެބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިލައްވަމުންނެވެ.
އާ ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮށްދެއްވާފައިވާ ކަންތައް ތަކަށް ބަލާއިރު މިކަން ނުކުރަންވީ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.ވަޤުތީ ނަފާ ހޯދުމުގެ ނިޔަތުގައި ކަންތައް ކުރުމަށް ވުރެން ދާއިމީ މަންފާއެއް ހޯދުމަށް މަސައްކަތްކޮށް އަދި މިއަށްވުރެންވެސް ބޮޑަށް ރައްޔިތުމީހާ ހިންދެމިލައި ހާ އުފާވެރިކަން ލިބިގަންނަން އެބަޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ