ސިންގަޕޫރުގެ ސަފީރާ ނައިބު ރައީސް ބައްދަލުކުރެއްވުން

ސިންގަޕުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ޕޯ އާ އައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލް ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ނައިބް ރައިސް ފައިސަލް ވަނީ ރާއްޖެ އަށް ވަޑައިގެންނެވި ކަމަށްޓަކައި މަރްހަބާ ވިދާޅުވެ މިހާރު ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި ދެ ގައުމުންވެސް ޝައުގެވެރިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކޮށްލެވުމުގަ ވަނީ ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއި ރީހެބިލިޓޭޝަނާއި، ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ