މާލޭ ރައްޔިތުން ދަތުރުދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖެހޭނެ: ރައީސް ސާލިހު

މާލޭ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެކައިރިން ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލުހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އީވާ އަބްދުﷲ ގެ ކެމްޕޭން ލޯންޗްކުރުމަށް ރައީސް ސާލިހު ހޯމަ ދުވަހުގެ ރޭ ވިދާޅުވީ، ރަށެއް ހަމަޖައްސާނީ ފުރިހަމަ ވަސީލްތަކާއިވެސް އެކުކަމަށެވެ.
މީގެ އިތުރުން މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި މަޝްރޫގެ މައުލޫމާތު ރައީސް ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން މާލޭގެ ޕޯޓް ސަރަހައްދު ވެސް، ތިލަފުށި ނުވަތަ ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ފެށިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ