ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް: އުޝާމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް ތަބާނުވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ކުރީގެ ސަރުކާރުން ތަބާނުވި ނުވުމާއި އަބްދުﷲ ދީދީގެ މައްސަލާގައި ނެރުނު އަމުރަށް ޖޭއެސްސީން ތަބާނުވި ނުވުމާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި އެ ދެ ކަންތައްތަކަކީވެސް ގާނޫނާ ޚިލާފު ދެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ޖުޑީޝަލް ރިފޯމްގެ ނަމުގައި ގާނޫނުގެ ބާރު ނަގައި ނުލެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އޭނާ ވަނީ އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޝަނަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ