އިންސްޕެކްޓަރަކު ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.
މީގެ އިތުރުން، އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ކާބޯތަކެތީގެ ވިޔަފާރި ހިންގުމުގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމާއި، ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.
އިންސްޕެކްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ހުށަހެޅުމުން، 30 ދުވަހުގެ ތެރޭގައި އެ އިދާރާއިން ޖަވާބެއް ދޭންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކާބޯތަކެތީގެ އިންސްޕެކްޓަރުން އުސޫލާ ހިލާފުވާނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ