ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި މައްޗަށް، މިއަދު ގަންނަން ލިބެނީ 21.65ރ. އަށް

ރާއްޖޭގެ ތާރީހުގައި ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ފުރަތަމަ ފަހަރަށް 21.65ރ. ހުރަސްކޮށްފި އެވެ.
މީގެ ހަފުތާއެއްގެ ކުރިން ކަޅު ބާޒާރުގައި އޭރު ޑޮލަރެއް ގަންނަން ލިބުނީ 21.45ރ. އަށެވެ. މި ހަފްތާ ފެށުނުއިރު އެ ރޭޓަށް 20 ލާރި އިތުރުވެ އެންމެ އަގުހެޔޮކޮށް ވެސް ޑޮލަރެއް ގަންނަން ލިބެނީ 21.65ރ. އަށެވެ. ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުން ޑޮލަރު ގަންނަމުންދަނީ 21.45ރ. އަށް ބޮޑު ރޭޓޭއްގަ އެވެ. 
މުދަލަށް އޯޑަރު ދިނުމަށް ބޭނުންވާ ވަރަށް ޑޮލަރު ގަންނަން ނުލިބޭތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބޭންކު މެދުވެރިކޮށް ޓީޓީ ހެދުމަށް ވެސް ޑޮލަރު ގަންނަން ޖެހޭއިރު މިހާ ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭތީ ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އުފުލޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. 
ކަމަށާއި 21.50ރ. އަށްވުރެ ބޮޑުކޮށް ވެސް ޑޮލަރު ނުލިބޭ ކަމަށް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިޔަކު މިއަދު އަދަދު އަށް ބުންޏެވެ. 
ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި، ޑޮލަރުގެ އިސްރާފު ގިނަވުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ އިތުރުން ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.
މި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކުރި ނަމަވެސް، އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވާއިރު، މިފަހުން ސައީދު ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ. 
ޑޮލަރުގެ އަގު އުފުލެމުންދިޔަ ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ދަނީ އެކަން އޮޅުވާލަމުންނެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިފަހުން ވިދާޅުވީ މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ ކަމަށާއި، މިވަރަށް ޑޮލަރު ތިޔާގިވި ޒަމާނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ