ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 14 އަހަރުގެ، ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލައިގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޙިއްޞާކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޝައިމްގެ މައްސަލާގައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވާ ކަމަށެވެ.
ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކުއްޖާ ފެނިފައެއް ނުވެ އެވެ.
ޖެންޑަ މިނިސްޓްރީން ދާދި ފަހުން ބުނެފައި ވަނީ ގެއްލިގެން ހޯދަމުން ދަނީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖެއް ކަމަށެވެ. އެކަމަކު އެކުއްޖާއަކީ ހިޔާގެ ދަފްތަރުގައިވާ ކުއްޖެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ ކުއްޖާއަކީ ކުށުގެ ވެށިން ފެނުމުން އެސެސްމަންޓުތަކެއް ހެދުމަށް ކުޑަ ކުދިންގެ ހިޔާއަށް ގެނެސްފައިވާ ކުއްޖެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޝައިމް ހޯދުމަށް ފުލުހުން ތިން ގެއެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާއިރު ސީސީޓީވީ ފުޓޭޖު ބަލައިގެން ވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގެއްލިގެން ހޯދާ ކުއްޖާއާ ގުޅޭ މައުލޫމާތު ރައީސްއާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ