މާދަމާ އާއި ބުރާސްފަތި ދުވަހު ސަރުކާރުގެ އޮފީސްތަައް ނުހުޅުވާނެ

ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި ނަމަވެސް މި ހަފުތާގައި ކުރިއަށް އޮތް ދެ ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ފަހަކަށް އައިސް ހަމަޖައްސާފައިވާ އުސޫލުން ކަމަށް އެ މަނިކުފާނު އެންމެ ފަހުން ކަނޑައަޅުއްވައިފި އެވެ.
ރައީސް، މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށެވެ. ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށާއި އާ މަރުހަލާގައި، އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އޮފީސްތަކަށް މުވައްޒަފުން ނުކުންނާނެ ގަޑިއާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވާ އުސޫލުންނެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 1 އަށެވެ. މިއީ މިދިޔަ މަހެއްހާ ދުވަހު ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި ވަގުތެވެ.
Maadhamaa sarukaaruge office thah hulhuvaane: Raees
Mihaaru
ރައީސް އޮފީހުން ބުނިގޮތުގައި، އެ އިދާރާއެއް ހުޅުވައިގެން ދޭނެ ޚިދުމަތްތައް ކަނޑައަޅާނީ އެ ތަނެއްގެ އިސްވެރިޔާ ނުވަތަ ވަޒީރެވެ. އެ ތަނެއް ހުޅުވަން ޖެހެނީ މުވައްޒަފުން ހާޒިރު ވެގެން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށެވެ.
ރައީސް ކަނޑައަޅުއްވާފައިވާ ގޮތުން، އޮފީސްތަކަށް އާންމުން ހާޒިރުވެގެން ދޭން ޖެހޭ ޚިދުމަތްތަކަށް ކުރިއެކޭ އެއްގޮތަށް މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް ހުޅުވައެއް ނުލާނެ އެވެ. އެކަަމަކު، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އާންމުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ފޯރުކޮށްދެވިދާނެ ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
"މި ދެންނެވި މުއްދަތުގެ ތެރޭގައި އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މި ނޫން ވަގުތުތަކުގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެވިދާނެ އެވެ،" ރައީސް ކަނޑައެޅުއްވި އުސޫލުގައި ވެ އެވެ.
ސަރުކާރުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 20
ރައީސް އޮފީހުގެ ބަޔާންމާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ކަމަށް އެ މަނިކުފާނު މިއަދު ހެނދުނު އިއުލާން ކުރެއްވި ނަމަވެސް އެކަން ބަދަލުވިއިރު، އޮފީސްތައް ހުރީ އެ ކަމަށް ތައްޔާރުވެފައި ނޫން ކަމަށް ވެ އެވެ. އެގޮތުން، އޮފީސްތައް ޑިސްއިންފެކްޓް ކުރުމާއި އާންމުންނަށް ހުޅުވައިގެން ދޭންޖެހޭ ޚިދުމަތްތަކަށް ވެސް އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތަށް ދިނުމަށް ތައްޔާރެއް ނޫނެވެ. މީގެ އިތުރުން، ބައެއް މުވައްޒަފުން އެކި ރަށްރަށުގައި ތިބި އިރު، އެ މީހުންނާ މެދު އަމަލު ކުރާނެ އުސޫލެއް ވެސް ނެތެވެ.
ސަރުކާރުގެ އޮފީސްތައް ހުޅުވުމުގައި އަންނަ އާދިއްތަ ދުވަހު އަމަލު ކުރާނެ އުސޫލެއް އަދިއެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ