ޖިންސީގޯނާގެ މައްސަލަތައް މުޖުތަމައުން މުޅިން ލުހެލުމަށް އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ: ރައީސް މައުމޫނު

އަންހެނުންނާއި އަންހެންކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުން މުޅިން ލުހެލުމަށް އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު އަބްދުލް ޤައްޔޫމް މިހެން ވިދާޅުވެފައި މިވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އަނެއްކާވެސް ފެންމަތި ވަމުންދާ ދަނޑިވަޅެއްގައެވެ.
މިފަދަ މައްސަލަތައް އިތުރުވާ ކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަން ހާމަކުރައްވާ ކުރެއްވި ޓުވީޓުގައި މިފަދަ އަމަލު ތަކަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންކަންކަން ފާހަގަކުރެއްވިއެވެ. ޖިންސީ ގޯނާ ކުރުމުގެ އަމަލުތަކަކީ އިޖުތިމާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލުތަކެއް ކަމަށްވެސް ރައީސް މައުމޫނު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި ވާއިރު ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވެސްވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިން އެމީހުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ވީހާވެސް އަވަހަށް ރިފޯމް ކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު
މިދިޔަ ހަފްތާގައި އެކަނިވެސް ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.
މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ ވީހާވެސް އަވަހަށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ޖެންޑަރ މިނިސްޓަރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް އެ މައްސަލައެއް ހުށަހެޅުމަށް ފުލުހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ