މައުމޫން ވިދާޅުވެގެން ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަކަމެއް، އިގްތިސާދު ފުނޑޭ ތަން ބަލަން ނުހުރެވޭނެ: ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެގެން ގައުމު ފުރަބަންދު ކުރަން ހިފުމަކީ ދެރަކަމެއް ކަމަށާއި އިގްްތިސާދު ފުނޑޭތަން ބަލަން ނުހުންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މެމްބަރު ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ އެންމެ ރިސްކް ބޮޑު ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށާއި، ކުރީގެ ރައީސް މައުމޫން ވިދާޅުވެގެން ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަކަމެއް ކަމަށެވެ. އަދި ފުރަބަންދުކޮށް އިގްތިސާދު ފުނޑޭތަން ބަލަން ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޖާބިރު ވަނީ ފުރަބަންދަށް ކުރީގެ ރައީސް މައުމޫން ގޮވާލައްވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން ވެރިކަމަށް ގެންނަން މުޒާހަރާކުރަން މަގުމައްޗަށް ނެރޭކަމުގެ ތުހުމަތު ކުރައްވާފައެވެ.
ކޮވިޑް-19ގެ ކޭސްއެއް މާލެއިން ފެނުމާއި އެކު ރާއްޖެ ފުރަބަންދު ކޮށް އެޅި ހަރުކަށި ފިޔަަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީވެ ގިނަ ބަޔަކު އަންނަނީ ފިޔަވަޅުތައް އަނެއްކާ ވެސް ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ. އޭގެތެރޭގައި އެމްއާރްއެމް ވެސް ހިމެނެއެވެ.
މިނިވަން ދުވަހުގެ ރެއިން ފެށިގެން އިދިކޮޅުން މާލޭގައި މުޒާހާރާ ބާއްވަން ފަށާފައިވާ އިރު، މާލޭގައި ބާއްވާ އެއްވުންތައް ކުރިއަށް ގެންދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވާއިދުތަކާއި އެއްގޮތަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުން މި ހާލަތުގައި 30ށް ވުރެ ގިނަ މީހުންނަށް އެއް ނުވެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ