މައުމޫނު ފަސްދާނުލުމުގެ ކުރިން ތަރިކަ މުދަލުން ދަރަނި ދައްކަވަން ޖާބިރު އެދިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަސްދާނުލެއްވުމުގެ ކުރިން ނަންގަވާފައިވާ ދަރަނި ދެއްކެވުމަށް، މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫންގެ އަރިހުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެދިލައްވައިފިއެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަ ކުރައްވާފައި ވަނިކޮށް ޖާބިރު ވަނީ މައުމޫނު ފަސްދާުލެއްވުމުގެ ކުރިން އޭނާގެ އަތުން ނެންގެވި ފައިސާ ދެއްކެވުމަށް ޣައްސާނުގެ ކިބައިން އެދިލައްވާފަ އެވެ. އަދި ކިބިގަސްދޮށުގޭ ރަޖިސްޓްރީ ދޭން ވާނެ ކަމަށާއި ތަރިކަ މުދަލުން އޭނާއަށް ހައްގުވާ 29 މިލިއަން ދޭން ވާނެ ކަމަށް ޣައްސާނާއި ފޯނުން ގުޅުއްވައި ޖާބިރު ވިދާޅުވި އެވެ. ޖާބިރު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ރެކޯޑިންގ އާއެކު ޣައްސާން ވަނީ ޓްވީޓު ކުރައްވާފަ އެވެ.
އާދެ ޣައްސާން އަޅުގަނޑު ޖާބިރު އިނގޭތޯ. ބައްޕަ ކޮވިޑް ޖެހުނު ވާހަކަ އަޑުއެހިން. އަޅުގަނޑު ހިތާމަކުރަން އިނގޭތޯ. ކިނބިގަސްދަށުގެ ރަޖިސްޓްރީ ދޭންވާނީ އިނގޭތޯ އޭނާ ބައްޕަ ވަޅުލުމުގެ ކުރީގައި އެކަންކަން ހަމަޖައްސަވަން ވާނެ. ސުބްހާނަﷲ. މަނިކުފާނު ވިދާޅުވީ ބައްޕަގެ ދަރަންޏަކީ ތިމަންނަ ޒިންމާއުފުލަންޖެހޭ އެއްޗެއް ނޫނޭ. ރާއްޖޭގެ ވެރިކަމަށް އަންނަންތާ ތިއުޅެނީ. މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް ޖެހިއްޖެކަމުގެ ޚަބަރުތައް އަޅުގަނޑު މި އަޑުއަހަމުންދަނީ. މަނިކުފާނު ހަނދާން ބަހައްޓައްޗޭ ތަރިކަ މުދަލުން އަޅުގަނޑުގެ ހައްގު ދޭންވާން. އޮނަތިރީސް (29) މިލިއަން ބައްޕަ ނަގާފައިހުރީ. އެވާހަކަ ހަނދުމަފުޅު ކޮށްދެއްވައްޗޭ.
ޣައްސާންގެ އެ ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްތެރޭގައި ޖާބިރު ދައްކަވާ ގިނަ ވާހަކަތައް އެއީ ސަމާސާ ކަމަށް ހީކުރެއްވި ކަމަށާއި ނަމަވެސް އާއިލާއަށް ދިމާވެފައިވާ ހާސް ކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ