ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނެގުނު އެއްވެސް ވޯޓެއް އޮޅުވާލެވިފައި ނުވާނެ ފަދަ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ކުރީގެ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީކަމަށެވެ. އެގޮތުން 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
"ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!"، ރައީސް މައުމޫން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވެރިކަންކުރުމުގެ ނިޒާމު ބަދަލުކުުރުމާއި މެދު 2007 ވަނަ އަހަރު ނެގުނު ވޯޓަކީ އޮޅުވާލެވިފައިވާ ވޯޓެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މައުމޫން ބަލިވި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނަށް އޮޅުވާނުލެއްވޭ ހަމައެކަނި ވޯޓުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ރައީސް ނަޝީދަށް: އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ