އިންޑިއާ އާއި ޔޫއޭއީއިން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސައިފި

ބޭރުފައިސާ ބޭނުންނުކޮށް، އިންޑިއާ އާއި ޔޫއޭއީގެ ފައިސާ ބޭނުންކޮށްގެން އެ ދެ ޤައުމުގެ މެދުގައި ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެހެންކަމުން ޔޫއޭއީގެ ދިރުހަމު ބޭނުން ކޮށްގެން ދުބާއީ ވިޔަފާރިވެރިންނަށް އިންޑިއާ އިން ވިޔަފާރި ކުރެވޭނެއެވެ. އަދި އިންޑިއަން ރުޕީޒް ބޭނުންކޮށްގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ދުބާއީންނާއި ޔޫއޭއީގެ އެހެން އެމިރޭޓްތަކުން ވިޔަފާރި ކުރެވޭނެއެވެ.
ދެގައުމުން މިއަދު އެއްބަސްވެފައިވަނީ ބޭރު ފައިސާ ބޭނުންނުކޮށް ދެ ބިލިއަން ދިރުހަމްގެ (495 މިލިއަން އެމެރިކާ ޑޮލަރުގެ) ވިޔަފާރި ކުރުމަށެވެ. އަދި މިގޮތަށް ވިޔަފާރި ކުރެވޭނީ ކޮން ބާވަތްތަކެއް ގަނެ ވިއްކުމަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ ބޭރު ފައިސާ އަށް ދެ ގައުމުން ވެސް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށާއި ބޭރު ފައިސާ ދެ ގައުމުން ވެސް ބޭނުން ކުރުމުން ތަކެތީގެ އަގު ބޮޑުވާ މައްސަލަ އަށް ހައްލު ހޯދައިދިނުން ކަމުގައި ޔޫއޭއީގެ އަބޫދާބީގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެއިތުރުން ދެ ގައުމުގެ މެދުގައި ހަކަތައިގެ ވިޔަފާރިއާ، ހަތިޔާރާއި ގުޅޭ ވިޔަފާރިތައް ކުރުމުގައި އެއްގައުމުން އަނެއްގައުމަށް ލުއި ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އިންޑިއާއި ޔޫއޭއީއާއި ދެމެދު ކޮންމެ އަހަރު 50 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެއެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ