ޖޭއެސްސީ އަށް ރައީސް ކަނޑައަޅާ މެމްބަރު ކަމަށް މަސްތޫރު އައްޔަން ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމަށް ވަކީލް މަސްތޫރު ހުސްނީ މިއަދު އައްޔަން ކުރައްވައިފިއެވެ. ރައީސްގެ ފަރާތުން ޖޭއެސްސީ އަށް މަސްތޫރު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ވަކީލް މުހައްމަދު ސަލީމް މިދިޔަ މަހު އެ މަގާމުން ވަކި ކުރައްވާފައިވާތީއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްތޫރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅު މަތީގައި މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅާ ހަވާލުވެ ވަޑައިގެންފައެވެ. އޭނާއަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ