ދިވެހިރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީންގެ ތަރައްގީ ކުރިއަށް ގެންދަން ކަމަށާއި 96000 ވުރެ ގިނަ މީހުން އަދިވެސް ތިބީ ރައީސް ޔާމީނާއެކު ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމުން ކޮންމެ ރެއަކު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ބާއްވަމުންދާ މުޒާހަރާއަށްދާ މީހުން މަދު ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޕީޕީއެމުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އޮޅުވާލުންތަކާއެކު ވެސް ރައީސް ޔާމީން 96000 ވޯޓު ހޯއްދެވުމަކީ ބޮޑު ކަމެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ދޫދޭން ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އޮޅުވާލުމެއްގެ ތެރެއިން ވެސް ތިބޭފުޅުންނަށް، ނުވަތަ އެކުރި ކަމެއް ކޮށްގެން ވެސް 96000 ވޯޓު ރައީސް ޔާމީން އެކަނި ނެންގެވި ނެންގެވުމުން ތިބެފުޅުން މިއަދު އެބަ ޖެހެއޭ ފިލާވަޅު ލިބިގަންނަން. އޭގެން އަޅުގަނޑުމެންނަށް ދޭހަވަނީ، މި އިންތިހާބު ސައްހަ ކަމައެކު ކުރިއަށް ދިޔަ ނަމަ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ 65 އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތަކުންނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީންގެ ތަރައްގީ ކުރިއަށް ގެންދަން ކަމަށެވެ. އަދި 96000 ވުރެ ގިނަ މީހުން އަދިވެސް ތިބީ ރައީސް ޔާމީނާއެކު ކަމަށާއި އެމަނިކުފާނު ހުންނެވީ ދޫދޭން ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންސާފު ހޯދަން ޕީޕީއެމުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި، މުޒާހަރާއަށް ދާ މީހުން މަދުވުމަކީ މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި އިރު އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާނެއެވެ.
ރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީންގެ ތަރައްގީ ކުރިއަށްގެންދަން: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ