މޫސުން ގޯސް، މިއަދުވެސް 14 އަތޮޅަކަށް ވައިޓް އެލާޓް

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަދިވެސް މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ، 14 އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ށ އަތޮޅުން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ފަތިހު 05:30 އިން މެންދުރު ފަހު 11:30 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. އެއިދާރާއިން ބުނި ގޮތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
އޭގެ އިތުރުން އެއިދާރާއިން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ބުނެފައެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަަށް އިރުއުތުރާއި އިރުން ، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
އިއްޔެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފައިވާ 14 އަތޮޅަކީ ޅ.އަތޮޅުން ފެށިގެން އެންމެ ދެކުނުގެ ސ.އަތޮޅާއި ހަމައަށެވެ.
އެއިދާރާއިން ބުނިގޮތުގައި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ