އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހު އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި ގާނޫނަނީ އަބުރު ރައްކާތެރިކުރުމާއިބެހޭގޮތުން 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އަމަލުކުރަމުންދިޔަ ގާނޫނެވެ.
އެގާނޫން އުވާލަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ އެގާނޫނުން ރާއްޖޭގެ ނޫސްވެރިކަން މަރާލާފައިވާކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ކަސްތޮޅުތަކެއް ނޫސްވެރިންގެ ގައިގައި ނާޅުއްވާނެކަމަށް ޕްރޮމިސްކުރައްވައި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުގެރޭ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސް ސާލިހް އެހަފްލާގައި ވިދާޅުވި ވަރަށް ފާހަގަކުރެވޭ ވާހަކަކޮޅެއް އޮވެއެވެ.
" ނޫސްވެރިކަމެއް ނެތި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް މާ މުހިންމު"
އަބުރުގެ ގާނޫން އުވައިލުމަކީ ރިޔާސީ ވައުދެއްވެސް މެއެވެ. ކޮންމެއަކަސް އެ ގާނޫން އުވައިލީއެވެ. އެގާނޫން އޮތް އިރުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރާއި ނޫސްވެރިން ބެހުން މަދެއްނޫނެވެ.
އަބުރާއިބެހުމުގެ ކަންކަން އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އިންޒާރެއް ދެއްވީތާއެވެ.
ޖޭޕީގެ މައިއޮފީސް ކުނޫޒްގައި ޑިސެމްބަރ 17 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ އިސްލާމްދީނަށް ގޮންޖަހައި ފުރައްސާރަކޮށް މީހުންގެ އަބުރަށް އަރައިގަތުމަށް ޖާގަނުދެވޭނެކަމަށާއި އެކަން ހުއްޓުވަން އަބުރުގެ ގާނޫނެއް ގެންނަންޖެހިއްޖެނަމަ އެގާނޫންވެސް ވުޖޫދު ކުރާނެކަމަށެވެ.
" އެއްވެސްކަމެއް އިންސާފެއް މިނެއް ހަމައެއްނެތި ހިންގުމަކީ ޖަނަވާރުންގެ އުސޫލު. އެއީ މިނިވަންކަމެއްނޫން. އެފަދަ ފަނާކުރަނިވި ނިންމުންތަކަށް ދިވެހިން ބޯނުލަބާނެ. ހިތަށް އެރިހާގޮތަކަށް މީހުންގެ އަބުރަށް އަރައިގަތުން އިސްލާމްދީން މަނާކުރޭ. ހަމައެހެން އެއީ ގާނޫން އަސާސީގައިވެސް ހުއްދަކުރާކަމެއްނޫން"
އެހެންކަމުން އަބުރުގެ ގާނޫން އުވިދިޔަނަމަވެސް އެގާނޫން އަންނަންވީ ވަގުތުޖެހުމުން އެގާނޫން އަންނާނެކަމަށް ވިދާޅުވިއެވެ.
އަބުރުގެ ގާނޫނެއް ގެނެސްފާނެކަމުގެ އިޝާރާތެއް ގާސިމް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ